ހއ. އިހަވަންދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ

އެގޮތުން، މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގް އާރުޑީސީގެ ފަރާތުން ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންނެވެ.

މީގެ އިތުރުން އިހަވަންދޫގެ މައި މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ 540 ދުވަސް ނުވަތަ ދޮޅު އަހަރުން ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެދަށުން:

  • 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން
  • މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން
  • އަދި މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

މި މަޝްރޫޢަކީ 102.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ