ހުޅުމާލެގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ އެމްޕީއެލް ކައިރިން ޕިކަަޕަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ވެފައިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:56 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 56 އަހަރުގެ ފިރިހެނެއްކަމަށާއި އެނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.