އެމްޑީޕީގެ ސަރުކާރު ތަކަކީ އައްޑޫސިޓީއަށް ފަހި ސަރުކާރުތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަދި އައްޑޫ ސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ރައްޔިތުން ހުވަފެންދެކޭތާ ލައްކަ ދުވަހެއް މިހާރުވެެފައިވާ ކަަމަށެވެ. "އައްޑޫ ވައުދުނަމާ ލިޔުނުއިރުވެސް މިހާވަރަށް މަސައްކަތްކޮށްދީފާނޭ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރޭ،" އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އައްޑޫސިޓީގެ ވައުދުނަމާގެ އަމަލީ މަސައްކަތް އެންމެނަށް ވެސް ގަބޫލލު ކުރެވޭނޭ ކަމަށް އޭނާ ވިދާޅުވެފައިވެެއެވެ.

މީގެ ކުރިން ވެެސް އައްޑޫސިިޓީގެ މަގުތަކުގައި އަލަށް ތާރުއަޅަން ފަށައިފައިވަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައެވެ. މިހާރު އޮތް އެމްޑީޕީގެ ސަރުކާރުން ވެސް ގެންދަނީ ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އައްޑޫއިން ބިން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޔަސްރިފް ވިދާޅުވެފައިވަނީީ ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީގެ މެޖޯރިޓީ ނަންގަވަނީ ރައީސް ސާލިހު ކަމަށެވެ.