ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ކޮންޓްރޯލްކުރާ ސަރުކާރެއް ރާއްޖޭގައިި އުފެއްދިއްޖެނަމަ ފައިދާވާ ކުންފުނިތައް ވިއްކާލާނޭ ކަމަށް މަރަދޫދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

"ފިކުރެއްގެ ދިރުން ކޮންޓްރޯލްކުރާ ސަރުކާރެއް އުފެދިއްޖެެނަމަ އެސްއޯއީތަކުގެ ތެރެއިން ފައިދާވާ ކޮންމެ ކޮމްޕެނީއެއް ވިއްކާލާނެ. މިއަދު މަޖިލީހުގައި ބަހުސްކުރި ގަރާރުގެ ބޭނުމަކީވެސް އެކަމަށް މަގުފަހިކުރުން. ލިސްޓުގެ އެންމެ ކުރީގައި އޮތީ އިބްރާހީމް ނާސިރު އިންޓަރ ނޭޝަަނަލް އެއާޕޯޓާއި ދިރާގުގެހިއްސާ،" އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދޅުވީ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވިޔަސް އެމަނިކުފާނުގެ ވެރިކަން ވެެއްޓެން ދިމާވިކަހަލަ ގޯސްތަކެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިސަރުކާރަކުންް ނުހައްދަވާ ކަަމަށެވެ. "ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކާނުލާ. ގާޒީން ހައްގަކާނުލައި މިލިޓަރީ ފޮނުވައިގެން ހައްޔަރެއް ނުކުރޭ. އިބޫއަކީ ކެތެރި ބޭފުޅެއް،" ޝަރީފް ވިދާޅުވިއެވެ.