ސިނަމާލެ ބްރިޖު މަތީ ފެއާރލޭޑީ ޒެޑް ކާރަކާއި އެމްޓީސީސީ އާރްޓީއެކް ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓުގައި ކާރު ވަނީ ފުރޮޅާލާފައެވެ. އޭރުއްސުރެ އަދިވެސް ބުރިޖުމަތީގައި ވަނީ ޓްރެފިކްޖޭމްވެފައެވެ. އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާން ބުރިޖަށް އަރައިގެން ކުރިއަށް ދާ ހިސާބުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މަންޒަރު ދުށް ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި އޭރުއްސުރެ އަދިވެސް ބްރިޖުމަތީ ޓްރެފިކްޖޭމްވެ ހުޅުމާލެއާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ވަނީ ހުރަސްއެޅިފައެވެ.