މަޖީދީމަގު މާފަންނު ހުދުމާ ކައިރިން، ނަލަހިޔާހޮޓެލްސް ކަންމައްޗަށް ވާ ހިސާބުން، ފުލުހުން، ދެ ސައިކަލެއްގައި އައި ދެމީހަކު އަތުލައިގަނެ އެދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިދެމީހުން ފަހަތުން ދުއްވާފައި އައީ ކޮން ހިސާބަކުން ކަން އަދި އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މަންޒަރު ދާދި ގާތުން ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި ފުލުހުން އައީ އެދެމީހުންގެ ފަހަތުންނެވެ. މިދެމީހުން ފުލުހުންނަށް ފިލުމަށް ދުއްވާފައި ދަނިކޮށް މަޑުކުރުވަން އުޅުމުގެ ތެރޭގައި ދެސައިކަލްވެސް ވަނީ ވެއްޓިފައެވެ. މިކަން ހިނގާދިޔައީ މިރޭ 00:30 ހާއިރެވެ.

ފުލުހުން އެދެމީހުން ބަލައިފާސްކުރުމަށްފަހު ހައްޔަރު ކުރަނީ...ފޮޓޯ: ޝައްފަ/ހަލިނޫސް
ފުލުހުން އެދެމީހުން ބަލައިފާސްކުރުމަށްފަހު ހައްޔަރު ކުރަނީ...ފޮޓޯ: ޝައްފަ/ހަލިނޫސް

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް މެސެޖްކޮށް ގުޅުމުން، ފުލުހުން ގުޅޭ ގޮތެއް ނުވެއެވެ.