ރައީސުލް ޖުމްހޫރިއްޔާ، އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި އެ މަޤާމަށް މުޙައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު އާޒާދު ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގައެވެ.

މި މަޤާމަކީ ޤާނޫނު ނަމްބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ށ)ގެ ދަށުން ،ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ދަޢުލަތުގެ ފައިސާއާއި، ހިސާބާއި އަދި ހިސާބުގެ ލިޔެކިއުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި، އެޤާނުން އުފައްދައިފައިވާ މަޤާމެކެވެ.

މި މަޤާމު އުފެދުމުން ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މާޤާމުގެ މަސްޢޫލިއްޔަތައް އަދާކުރައްވާނީ އެކައުންޓަންޓް ޖެނެރަލް އެވެ.