އީޓުކުރި އަދި ބަދިގެސްޓޯރގެ ރަމަޟާން ޕްރޮމޯޝަން ފަށައިފިއެވެ. މިއީ އީޓުކުރިއާއި ބަދިގެސްޓޯރާ ގުޅިގެން ގެންދާ ޕްރޮމޯޝަނެކެވެ.

"އީޓުކުރި ރަމަޟާން ގިވްއަވޭ'' ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަދިޔާގެ ގޮތުގައި މިފަހަރު ލިބެނީ ބަދިގެ ސާމާނެވެ.

އެގޮތުން، ހަދިޔާގެ ގޮތުގައި ލިބޭ މި ބަދިގެ ސާމާނު ތެރޭގައި އެކި ސައިޒުގެ މިކްސްޗަރާއި، ކައްކަން ގެންގުޅޭ އެކިވައްތަރުގެ ތެލީގެ އިތުރުން، ބަދިގޭގައި ގެންގުޅޭ ގިނަ ސާމާނުތައް ހިމެނެއެވެ.

އިންސްޓަގްރާމްއިން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވާއިރު، މިކަމުގައި ބައިވެރިވުމަށް އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

އެ އުސޫލުތަކުގެ ތެރޭގައި:

  1. އިންސްޓަގްރާމްއިން އީޓުކުރި އަދި ބަދިގެ ސްޓޯރ މި ދެ ޕޭޖް ފޮލޯކުރުން.
  2. "އީޓުކުރި ރަމަޟާން ގިވްއަވޭ'' އީޓުކުރި ޕޭޖްއިން ގެ ޕޯސްޓަށް ލައިކެއް ދިނުމަށްފަހު އިންސްޓަގްރާމްގެ ސްޓޯރީއަށް، އީޓުކުރި.އެމްވީ ޓެގް ކޮށް ޝެއަރ ކުރުން. (ޕްރައިވެޓް އެކައުންޓެއް ނަމަ ސްކްރީންޝޮޓެއް ނެގުމަށްފަހު އީޓުކުރިއަށް ވަކިން ޑައިރެކްޓް މެސެޖް ކުރުން)
  3. އަދި މި ޕޯސްޓްގެ ކޮމެންޓްގައި ތިން ރައްޓެއްސެއްގެ ނަން ޓެގްކުރުން ހިމެނެއެވެ.

މީގެއިތުރުން އިތުރުވާ ކޮންމެ ކޮމެންޓަކުންވެސް ޕްރޮމޯޝަން ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެއެވެ. މި ޕްރޮމޯޝަންގެ މުއްދަތު ހަމަވާނީ މިމަހު 21 އަށެވެ.

ބަދިގެ ސްޓޯރަކީ ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. މި ޕޭޖުން ވިއްކާ އެއްޗެހި އީޓުކުރީ ލޯކަލް މެދުވެރިކޮށްވެސް ލިބެން ހުންނާނެއެވެ. އީޓުކުރި ލޯކަލްއިން ގަންނަ ކޮންމެ އެެއްޗެއް ގެއަށް ގެންގޮސް ދިނުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ގެންގޮސް ދޭނެއެވެ.