ޏ.ފުވައްމުލައް ސިޓީގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިއީ ''ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް''ގެ ފަރާތުން އިމާރާތް ކުރާ މި މިސްކިތެއް ކަމަށެވެ.

''މަސްޖިދުލް ފަލާޙް'' ނަމުގައި އިމާރާތްކުރާ މި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހޯމްއެފައާޒްގައެވެ.

މި މިސްކިތަކީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.