ފެލިވަރުގައި ގިނަ އަދަދެއްގެ މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މަސްވެރިން ކުރާ މި އިޚްތިޖާޖުގައި ގިނަ އަދަދެއްގެ މަސްދޯނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފުލުހުން ވަނީ ރަށަށް ނޭރޭނެހެން ޓޭޕް ދަމައި، މަސްވެރިން ހުއްޓުވާފައެވެ.

މި އިހުތިޖާޖުގައި މަސްވެރިން އަންނަނީ ބާނާ މަހައަށް ހަމަ އަގު ހޯދައި ދިނުމަށް ގޮވާލައި އަޑު އުފުލަމުންނެވެ. އެގޮތުން މިހާރު ބާނާ މަހަށް ހަމަ އަގުނުލިބި ދިރިއުޅުމުގެ ކަންކަން ބެލަހައްޓަން ގެއަށް ގެންދާނެ ފައިސާއެއް ނުލިބޭކަމަށް މަސްވެރިން ދަނީ އަޑު އުފުލަމުންނެވެ. މިއަދު އަޑު އުފުލުމުގައި ބައިވެރިވަމުންދަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނީ، އެންމެ ބޮޑު ޑިމާންޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުން ކަމަށެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ވެސް ގޮވާލާފައެވެ.