އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މިއަދު ޢުމްރާ ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ފުރުން ކެންސަލްކޮށްފިއެވެ. އެކުނިންފުނިން ވިދާޅުވީ ފުރުން ކެންސަލް ކުރަން ޖެހުނީ ވިސާ ހަމަ ނުޖެހިގެންކަމަށެވެ.

'' މިއަދުގެ މި ވަގުތާ ހަމައަށް އައިއިރު ވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގްރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަމެވެ." ފުރުން ކެންސަލްވިކަން އަންގާ އެ ކުންފުނީގެ ވައިބަ ގްރޫޕުގައި މެސެޖަކުން ވިދާޅުވެފައިވެއެވެ.

ސަފާ ގްރޫޕުން ޢުމްރާވެރިންނަށް ފޮނުވި މެސެޖުމި އަހަރު ރަމަޟާން މަހުގެ އުމްރާއަކަށް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނަގާފައިވެއެވެ. އެހެންކަމުން ޢުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެއެވެ.

ސަފާ ގްރޫޕުން މި ރަމަޟާން މަހުގެ ޢުމްރާއަށް މިއަދު 180 އަށް ވުރެ ގިނަ މީހުން އޮތީ ފުރަން ހަމަޖައްސައިފައި ކަމަށް މައުލޫމާތު ލިބިފައިވާވެއެވެ.

މިކަމާ ގުޅިގެން އެ ކުންފުންޔަށް، ސޯޝަލް މީޑިއާގައިވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.