ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ދޭންޖެހޭ ފެނާއި ނަރުދަމާގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ސާފު ބޯފެން ފޯރުކޮށްދިނުމުގެ 59 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި ނަރުދަމާގެ ނެޓްވޯކް އެޅުމުގެ 100 ޕަސެންޓް ނިންމާފައިވާ ކަމަށެވެ. އަދި ހިޔާ މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 13 ޓަވަރަށް ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ ފްލެޓުތަކަށް ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާފައިވާއިރު އެބްޑަބްލިއުއެސްސީން ވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމުލަ 580 ކަނެކްޝަން އެމްޑަބްލިއުއެސްސީން ގުޅައިދޭނެ އެވެ. އަދި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި 283 މޭން ހޯލާއި ދެ ޕަންޕިން ސްޓޭޝަން ގާއިމް ކުރާނެ އެވެ.