އއ. ހިމަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އާއިޒް ރުޝްދީއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، 10,312,301.43 (ދިހަ މިލިއަން ތިން ލައްކަ ބާރަހާސް ތިންސަތޭކަ އެއް ރުފިޔާ ސާޅީސް ތިން ލާރި) ގެ މި މަޝްރޫޢަކީ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ 365 ދުވަހުގެތެރޭގައެވެ.