އައްޑޫ ސިޓީ ހިތަދޫގައި އޮތް ހުސް ބިމެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެ ބިމަކީ ޓުއަރިޒަމަށް ދޫކޮށްފައިވާ ބިމެކެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެފަރާތުގެ ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:45 ހާއިރު ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
އިއްޔެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫ ސްލިޕްވޭ ކައިރި ހުސްބިމެއްގައި ހުރި ކުނިތަކެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.