އިޒްރޭލުން މެދުއިރުމަތި ހަމަނުޖެހުމަކަށް ވައްޓާލަމުންދާ ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އައްސަފަދީ ވިދާޅުވެއެވެ. އޭނާ ވިދާޅުވީ މަމސްޖިދުލްއަގްސާއަށް ދިން ހަމަލާ އުދުރުން އިން ދެކެފައި ވަނީ ނުރުހުމާއި ނުތަނަވަސްކަމާއެކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އަލްއަގްސާގައި ހިނގަމުންދާ ހަމަނުޖެހުމަކީ، ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތައް ފުރިހަމަ ކޯށް ނުދިނުމުގެ ނަތީޖާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްސަފަދީ ވިދާޅުވިގޮތުގައި އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް އުރުދުންއަށް ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އުރުދުންއަށް އެކަނި އިޒްރޭލުގެ އިސްތިއުމާރު ނިންމާ ނުލެވޭނެ ކަމުގައި ވިދާޅުވިއެވެ..