ލ.ގަން ތުނޑީ އާބާދުވި ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި މި ހާދިސާގެ މަޢުލޫމާތު މިއަދު 10:22 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައިފާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ލ.ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީި މިއަދު 10:44 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.