އިޒްރޭލުގެ ވައިގެ ހަމަލާތަކާ ދެކޮޅަށް ފަލސްތީނުން ވަނީ އަމިއްލައަށް އުފައްދާ ފައިވާ މިސައިލްތައް ބޭނުން ކުރަން ފަށާފައެވެ. ސޯވިއެޓު ޔޫނިއަން އިން ކުރީ ޒަމާނުގައި އުފެއްދި "ސްޓްރެލާ 2" އެންޓި އެއާކްރާފްޓް މިސައިލްތަކުގެ އަމިއްލަ މޮޑެލެއް ފަލަސްތީނު މީހުން ވަނީ އުފައްދާފައެވެ.

ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން ވަނީ މި ވައްތަރުގެ ރޮކެޓް އުފައްދައިގެން މިހާރު އަލަށް ބޭނުންކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

މި މަހުގެ ތިންވަނަ ދުވަހު، ގައްސާމް ބްރިގޭޑުން ވަނީ ރަފަޙަ ސިޓީގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކާ ދެކޮޅަށް އަމިއްލައަށް އުފައްދާފައިވާ މިސައިލްތައް އަމާޒުކޮށްފަ އެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި މިހާރަކަށް އައިސް ރޮކެޓް ބޭނުންކުރަނީ ގައްސާމް ބްރިހގޭޑުން އެކަންޏެއް ނޫނެއެވެ. އިޒްރޭލުގެ ޒަޔަނިޒަމްއާ ދެކޮޅަށް ހަނގުރާމަކުރާ އެހެން ހަނގުރާމަ ވެރި ޖަމާއަތްތަކުން ވެސް ދަނީ މިހާރަކަށް އައިސް މިސައިލްތައް ބޭނުން ކުރަމުންނެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިންގެ ތަރުޖަމާނަކު އެއްބަސްވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުވެސް ޣައްޒާއިން ވައިގެ މަގުން 7 މިސައިލް ފޮނުވާފައި ވެއެވެ. އޭގެ ތެރެއިން 5 މިސައިލް ގޮއްވާލީ ޣައްޒާގެ ސަރަހައްދުގައި ކަމަށާއި އަދި 2 މިސައިލް ފޮނުވާލާފައިވަނީ މޫދާ ދިމާއަށް ކަމަށް އޭނާ ބުންޏެވެ.