ސިނަމާލޭ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަަކަށް ފަރުވާދޭން ފަށައިފިއެވެ. އަނިޔާވެފައިވަނީ 47 އަހަރުގެ މީހަކަށާއި، 43 އަހަރުގެ މީހަކަށާއި 31 އަހަރުގެ މީހަކަށް ކަމަށް ފުުލުހުން ވިދާޅުވިއެވެ.

މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އަނެއް ދެމީހުންނަށް ފަރުވާ ދެމުން ގެންދަނީ ސެނަހިޔާ ހޮސްޕިޓަލުގައެވެ. އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:33 އެހައިކަންހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގީ ހުޅުމާލޭ ކޮޅުން މާލެ ދިޔަ މީހަކު ބްރިޖު މާލޭ ލައިޓަށް ސައިކަލުގައި މަޑުކޮށްގެން އިންދައި ފަހަތުން އައިސް ސައިކަލެއް އޭގައި ޖެހިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓާ ބެހޭ މައްސަލަ ބަލަމުންދާާ ކަަމަށް ވެސް ފުލުހުންވިދާޅުވިއެވެ.