އައްޑޫ ސިޓީ ހިތަދޫ ބައިވޯޓަރ ފެން ޕްލާންޓް ކުރިމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 19:10 ހާއިރުކަމަށެވެ.

އަދި ހިތަދޫ ފަޔަރ ސްޓޭޝަނަށް އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ރޭ 19:30 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.