ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ މިއީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހިމެނޭ ބަނގުރާ ކަމަށެވެ.

އެގޮތުން، އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ 164 ފުޅި ބަނގުރާ އަދި 56 ދަޅު ބިޔަރެވެ.

ފުލުހުން ވިދާޅުވީ މިތަކެއްޗަކީ މި އަހަރުގެ ފެބްރުއަރީ 23 އިން އެޕްރީލް 1 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.