ވެރީންނަށް ނަޞޭޙަތްދޭން މާތް ﷲ އަންގަވާފައިވަނީ ސިއްރިޔާތުގައިއެވެ. ފާޅުގައި ނޫނެވެ.

2

ނަސްރުﷲ މުސްޠަފާ

އިންސާނާ ހައްދަވާފައިވާ އިރު އެއިންސާނާގެ އަމިއްލަ ކުށް ޤަބޫލުކުރުމަކީ ވަރަށް އުނދަގޫކަމެކެވެ. މުޅިދުނިޔޭގެ ގިނަބަޔަކަށް އިންފެލިބްލިޓީގެ އެޕިޑެމިކެއް މިދަނީ ފެތުރެމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިފަދަ ދުވަސްވަރެއްގައި  ފާޅުގައި ނަޞޭޙަތް ދިނުމަކީ ޙައްޤު ޤަބޫލުކުރުމަށް ހުރަސް އަޅާ ކަމެއްކަމަށް ނުވެ ނުދާނެއެވެ. އެހެންވެ އިމާމް އިބްނި ޙަޒްމް މެންފަދަ ބޮޑެތި ޢިލްމުވެރީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައިއެވެ. އެއީ އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެތީއެވެ. މިއީ ޢާންމު މީހުންނަށް ނަޞޭޙަތްދިނުމުގައި ވިސްނަންވާގޮތެވެ. އެހެންވީއިރު ވެރީންނަށް ފާޅުގައި ހާމަކޮށް ނަޞޭޙަތްދިނުން ކޮންފަދަ ނުރައްކާތެރި ކަމަކަށް ވާނެބާވައެވެ؟.

Advertisement

ވެރީން ނުބައިކަމެއް ކުރާހިނދު ފެނުމުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލާވަނީ ސިއްރުން ނަޞޭޙަތް ދިނުމަށް އަންގަވާ އަމުރުކުރައްވާފައެވެ: އިމާމް އިބްނި އަބީ ޢާޞިމްގެ އައްސުންނާގެ 1096ވަނ ޙަދީޘްގައި ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ޙަދީޘް ފުޅުކުރައްވަނީ:”من أراد أن ينصح لذي سلطان فلا يبده علانية ولكن يأخذ بيده فيخلوا به فإن قبل منه فذاك وإلا كان قد أدى الذي عليه މާނައަކީ:”ބާރުވެރިއަކަށް ނަޞޭޙަތް ދޭންބޭނުންނަމަ ފާޅުގައި އެކަން ނުކުރާހުށިކަމެވެ، އެހެންނަމަވެސް އޭނާގެ އަތުގައި ހިފައިގެން އެކަހެރިވެ ނަޞޭޙަތް ދޭހުށިކަމެވެ،ދެން އެވެރިޔާ ޤަބޫލުކޮށްފިނަމަ މަޤްޞަދު ޙާޞިލްވީއެވެ، އެހެންނޫނަސް އެއިރުން އެމީހެއްގެ ވާޖިބު އަދާވީއެވެ”.

ދެން އޭނާ ތިމަން ދިން ނަޞޭޙަތް އަޑު ނެއެހިޔޭ ކިޔައި އޭނާ ފަޟީޙަތް ކުރާކަށް ނައަންގަވައެވެ.

މިފަދަ އެތަކެއް ޙަދީޘްތަކެއް ގެނެސްފައި ސަމާޙަތުއްޝޭޚް ޢަބްދުލް ޢަޒީޒް އިބްނި ބާޒް ވިދާޅުވަނީ:މީގެއިން ދޭހަވަނީ ވެރީންނާއި އިދިކޮޅުވެ އެމީހުންނާއިދެކޮޅަށް ނިކުތުން ހުއްދަވާނީ އޭގައި ﷲގެ ޙަޟްރަތުން ދަލީލުލިބިވާ ސާފުސީދާ އެއްވެސް ޝައްކެއްނެތް ކާފިރުކަން އޭމީހުންގެ ފަރާތުންފެނި އެމީހުންތިބެގެންވާފަސާދައަށްވުރެ، ފަސާދަބޮޑު ނުކޮށް އެމަޤާމުތަކުން އެމީހުން ދުރުކުރުމުގެ ކުޅަދާނަކަން ލިބިގެން ވާނަމައެވެ.

މީގެ ތެދުކަން ބެލުމަށް އަބޫ ޢަބްދުﷲ އެކުލަވާލައްވާފައިވާ ފޮތް “المعلوم من واجب العلاقة بين الحاكم والمحكوم” ގެ9-10 ވަނަ ޞަފްޙާޔާއި، ޑރ. ޢަބްދުﷲ މުޙައްމަދުއްރިފާޢީ ލިއުއްވާފައިވާ “مراجعات في فقه الواقع السياسي والفكري على ضوء الكتاب والسنة” ގެ 25 ވަނ ޞަފްޙާ ބައްލަވާށެވެ.  އަދިވެރީންނަށް އިސްލާޙުކުރުމުގެ ނަމުގައި ފާޅުގައި އެބައިމީހުންގެ ފަތްފުއްތައް ހާމަކުރުމަށް ސަލަފުއް ސާލިޙުންގެ އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައި ނޯންނާނެއެވެ. އެފަދައިން ބުނާމީހަކަށް ވަނީޙުއްޖަތާއި ބުރުހާން ގެނައުމެވެ.

Advertisements

2 COMMENTS

  1. އެންމެންނަށްވުރެ ބޮޑަށް މިކަން އެނގޭނީ ޢިލްމުވެރީންނަށް ދެން ކީއްވެބާ ޝައިޚް އިލްޔާސްމެން އެހެން އުޅެނީ..

Comments are closed.