އިންޑިއާ ސިފައިންނާ އެމެރިކާ ސިފައިންގެ ދެމެދު ބާއްވާ ތަމްރީނުތައް އިތުރު ވާންފަށައިފިއެވެ. މިހާރު އިންޑިއާގައި ކުރިއަށްދާ އިންޑިއާ އެމެރިކާ ސިފައިންގެ ތަމްރީންތައް ކުރިއަށް ދަނީ އިންޑިއާގެ ވައިގެ ސިފައިންގެ ތިން އަސްކަރީ މަރުކަޒެއްގައެވެ. ހުރިހައި ތަމްރީނެއް ވެސް ހިނގަމުން ދަނީ އުތުރު އިންޑިއާ ސަރަހައްދުގައެވެ.

އެކްސަސައިޒް ކޯޕް އިންޑިއާ 23، ކުރިއަށްދަނީ، ޕަނާގަޅު، ކަލައިކުންޑާ އަދި އާގްރާގެ އެއަރބޭސްތަކުގައެވެ.

މި ތަމްރީނުގެ މަގުސަދަކީ ދެ ގައުމުގެ ވައިގެ ސިފައިންގެ މެދުގައި ޚިޔާލު އެއްގޮތް ކޮށް، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމެވެ. މި ތަމްރީނުގެ މައިގަނޑި މަގްސަދަކީ، ސިފައިން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ދާއިރާގައި އެއްގޮތް ކުރުމާއި މަތިންދާބޯޓުތަކާއި ސްޕެޝަލް ފޯސަސް ހަނގުރާމަ މަތީގައި ބޭނުންކުރާ އެސެޓްތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކަށް ތަމްރީނު ކުރުމެވެ.

މިތަމްރީންތަކުގައި އިންޑިއާއިން ބޭނުން ކުރަނީ ސީ-130ޖޭ އާއި ސީ-17 މަތިންދާބޯޓު ތަކެވެ. އަދި އެމެރިކާއިން ބޭނުން ކުރާނީ އެމްސީ-130ޖޭ ގެ ބޯޓުތަކެވެ.

މި ތަމްރީނުގައި ޖަޕާނުގެ އެއާ ސެލްފް ޑިފެންސް ފޯސްގެ އެއާކްރޫން ވެސް ބައިވެރި ކޮށްފައި ވެއެވެ. އެފަރާތުން ބައިވެރިވެފައި ވަނީ އޮބްޒާވަރުންގެ ހައިސިއްޔަތުން ނެވެ.

މިފަހުންވެސް އިންޑިއާ ސިފައިން ވަނީ އެތައް ގައުމެއްގެ ސިފައިންނާއެކު ދާދިފަހުން ތަމްރީނުތަކެއްގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޔޫއޭއީގައި ބާއްވާފައިވާ އެކްސް ޑެސަރޓް ފްލެގް ތަމްރީނާއި އިނގިރޭސިވިލާތުގައި އެކްސް ކޮބްރާ ވޮރިއަރ ތަމްރީންތައް ހިމެނެއެވެ.

ކޯޕް އިންޑިއާ އަކީ 2004 ގައި ސިފައިންގެ ބަޑި ޖެހުމުގެ ތަމްރީނެއްގެ ގޮތުގައި ފެށުނު ތަމްރީނެކެވެ. ނަމަވެސް މިހާރު މި ތަމްރީނު ފުޅާވެގެން ގޮސްފައިވަނީ ބޮޑު ހަނގުރާމައެއްގައި ހަތިޔާރާއި މީހުންނާއި ސާމާނުތައް އުފުލުމުގެ ތަމްރީނަކަށެވެ.

އިންޑިއާއަކީ މިއަހަރު އެންމެ ގިނައިން ހަތިޔާރު ގަންނާނެ ގައުމެވެ. އައު މަނަވަރު ބޭލުމާއެކު މހާރު އިންޑިއާއިން ވަނީ އެއަށްވުރެން ބޮޑު މަނަވަރެއްގެ ކުރެހުން ތައްޔާރު ކުރުމަށް މަސައްކަތް ފަށާފައެވެ.