ކުވައިތު ޔުނިވާސިޓީގެ ސައިންޓިސްޓުން ނޭވާހިއްލުމާއި އެލާޖީއަށް އައު ބޭހެއް އީޖާދުކޮށްފިއެވެ. ނޭވާހިއްލުމާއި އެލާޖީ ބަލިމީހުންނަށް އުފައްދާ ފައިވާ އައު ފަރުވާ ކުވެއިތު ސައިންޓިސްޓުން ވަނީ އެމެރިކާގެ ޕޭޓެންޓް އޮފީހުގައި ކުވެއިތުގެ ފިކުރީ މުދަލެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ.
އަދި އެ ޔުނިވާސިޓީން މިއަދު، ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ކާމިޔާބީ ހޯދީ ކޮލެޖް އޮފް މެޑިސިންގެ ޕްރޮފެސަރުން ކަމަށެވެ. އަދި އެފަރާތްތަކުން އުފައްދާފައިވާ ބޭހަކީ، (Oxazolidinone Hydroxamic Acid Derivatives). އެވެ.
ޔުނިވާސިޓީގެ އެކްޓިން ރެކްޓަރު ވިދާޅުވީ، މި ކާމިޔާބީއަށް ކުވައިތު ޔުނިވާސިޓީން ފަޚުރުވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ސައިންޓިފިކް ރިސާޗްގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
އޭނާ ވިދާޅުވީ ޓެސްޓްތަކުން ދައްކާ ގޮތުގައި މި ބޭހަކީ ނޭވާހިއްލުމާއި އެލާޖީއަށް ފަރުވާ ދިނުމުގައި މިހާރު މެޑިކަލް ދާއިރާއިން ލިބެން ހުރި ބޭސްތަކަށް ވުރެ މާ ފައިދާ ބޮޑު ބޭހެއް ކަމަށާއި އެ ބޭހަކަށް ފުރަތަމަ ނަން ދީފައިވަނީ (ޕީއެޗް-251) އަށް ކަމަށެވެ.