އެއްވެސް ވައްކަމެއް ނުބެލޭ ކަމަށާއި ޒީރޯ ޓޮލަރަންސްގެ މާނަ މިހާރު އޮޅިފައިވާ ކަމަށް ވިދާޅުވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ލީކްވި އޯޑިއޯތަކުގައި ބުނާ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގި ވައްކަމުގެ މައްސަލަ ވެސް ނުބެލުނު ކަމަށާއި އަދި ބާ ބަސްތަކެއް ގެނެސްގެން ވެސް ވައްކަންކޮށްފައިވާ ކަމަށެވެ.

މިއަދު އަނެއްކާ އިތުރު ވައްކަމެއްގެ ވާހަކަ. އެޅުނު އެއްވެސް ފިޔަވަޅެއްނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ
އުޝާމް

ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ޖެހުމަށް ބިޑް ހުށަހެޅި ތިން ކުންފުނީގެ ތެރެއިން އެންމެދަށް އަގެއް ހުށައެޅި ނަމަވެސް ބިޑް ކާމިޔާބު ނުވި ޑޮނާޑް އިންވެސްޓްމަންޓުންނެވެ. މި މަސައްކަތުގެ ބިޑް ކާމިޔާބު ކުރީ ހުށައެޅި އަގުތަކުގެ ގޮތުން ދެ ވަނާގައި އޮތް ކުންފުނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުންނެވެ.

ޓްރާސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ މައްސަަތަކެއް ހިނގަމުންދާއިރު، މިކަންކަން ނެބުލި ލަސްވާ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅުކުރައްވަމުންނެވެ.