ޔުކްރެއިން އިން ބޭނުން ވަނީ އިންޑިއާގެ ބޮޑު ވަޒީރު ޔުކްރެއިންއަށް ޒިޔާރަތް ކުރައްވާށެވެ. އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ޔޫކްރޭންގެ ފުރަތަމަ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެމީނޭ ޖަޕަރޯވާ ވަނީ ޔުކްރެއިން ހަނގުރާމަ ހުއްޓުމަށް އިންޑިއާއިން ޚާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް އެދިވަޑައގެންފައެވެ.

އޭނާ ވަނީ އިންޑިއާ ދަތުރުގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ފޮނުއްވި ސިޓީއެއްވެސް އިންޑިއާގެ ބޮޑު ވަޒީރާ ޙަވާލު ކުރައްވާފައެވެ.

އޭގެއިތުރުން އިންޑިއާގެ ޖީ20ގެ ރިއާސަތުގައި ބާއްވާ އިވެންޓްތަކުގައި ޔުކްރެއިންއަށް ދައުވަތު ދިނުމަށްވެސް ކިއެވްއިން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕަރޯވާ ވަނީ އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ ވެރިންނާއެކުވެސް މަޝްވަރާތައް ބާއްވަވާފައެވެ.