ގްރީން އާޓްސްއިން އުފައްދާފައިވާ ދިވެހި ފިލްމު "ނޫރާ" ގެ ޕޯސްޓަރ ރިލީޒިން ޕާޓުނަރުންނާއެކު މިއަދު ސޮއިކޮށްފިއެވެ. ގްރީން އާޓްސްއިން ބުނީ ޕާޓުނަރުންނާއެކު ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހަވީރު، ހިތަދޫ "ލަކުސީނާ ރެސްޓޯރެންޓް" ގައި ކަމަށެވެ.
ޕާޓުނަރުންނަކީ:
- އެސޯސިއޭޓު ޕާޓުނަރ: އައްޑީސިޓީ ކައުންސިލް
- ޕްރިންޓިން ޕާޓުނަރ: ކޮންޓްރޯލް ޕީ
- ސައުންޑު އެންޑް ލައިޓު ޕާޓްނަރ: ސިޓީ ވައިބް
- ބޭންޑު ޕާޓްނަރ: ވައިޓް ޓަރން
- މީޑިއާ ޕާޓްނަރ: ވަގުތު
- ސްޓްރީމިން ޕާޓްނަރ: އެކްސްޕްރެސް ނިއުސް
- އެހެނިހެން މީޑިއާ: ހަލި ނިއުސް، މުނިއަވަސް
- އިވެންޓު މެނޭޖިން ޕާޓްނަރ: ޓައިޓޭން މޯލްޑިވްސް
- އެކްސްޕޯ ޕާޓްނަރ: ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ
- ރެސްޓޯރެންޓް ޕާޓްނަރ: ލަ ކުސީނާ
- ގެސްޓްހައުސް ޕާޓްނަރ: ވިސްޓާ ވިލާ
- މިޔުޒިކް ޕާޓްނަރ: ޓިޔުން އައްޑޫ
އެފިލިއޭޓް ޕާޓްނަރސް:
- ޝާއިރުންގެ ވާދީ
- އައްޑޫ އެޑްވޮކޭޓްސް ޗެމްބަރސް
- އީކުއޭޓަރ ވިލެޖު
- އައްޑޫ މޮޓޯރޭސިން އެސޯސިއޭޝަން
- އައްޑޫ ސްޓަންޓް ރައިޑަރސް
- ދުންމާރި ބޮޑުބެރު ގްރޫޕް
- ސަމްޕީ
- މައިލޯސިޓީ
- ބާބަގާޑިޔާ
- ލިބޭ
- އިންކްއިޒް
މި ފިލްމުގެ ޕޯސްޓަރ ރިލީސިން ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 22 ވަނަ ދުވަހު އައްޑޫ ސިޓީ، ސިޓީ ސްކެއަރ ގައެވެ. މިހަރަކާތް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ގްރީންއާޓްސް ދަނީ ތައްޔާރުވަމުންނެވެ. ގްރީން އާޓްސް އިން ބުނީ މިއީ ފިލްމެއްގެ ޕޯސްޓަރ ރިލީސިން އައްޑޫ ސިޓީގަ ބާއްވާ ފުރަތަމަފަހަރު ކަމަށެވެ.
ގްރީން އާރޓްސްގެ، ޕްރޮޑަކްޝަން މެނޭޖަރ އިބްރާހީމް އަލީ ކުރިން ބުނެފައިވަނީ "ނޫރާ" އަކީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމު ބިނާވެފައިވަނީ އާއިލީ ގުޅުމުގެ ހާދިސާތަކެއްގެ މައްޗަށެވެ. މުޅި ފިލްމުގެ ހުރިހާ މަސައްކަަތެއް ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ. މިއީ ސަތޭކަ ފަސެންޓް މަސައްކަތް އައްޑޫ ސިޓީގައި ނިންމައި ރިލީސް ކުރާ ފުރަތަމަ ފިލްމު ކަމަށް ވެސް އޭނާ ބުނެފައިވެެއެވެ.
މި ފިލްމުގެ ތަރިންގެ ތެރޭގައި ރާއްޖޭގެ މައްޝޫރު ތަރިންގެ ތެރޭގައި ހިމެނޭ، އައިމިނަތު ނޫރާ، މަރިޔަމް ޝަހުޒާ، އަހުމަދު އަމަން އަލީ ހިމެނެއެވެ. އޭގެ އިތުރުން އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ޖިމްޝާދު ޝަރީފާއި، އައިމިނަތު ވަހީދާއި، އިބުރާހީމް އަލީ އާއި، މުހައްމަދު އަޒްމީލާއި، ޝަމްސުންނިސާއި، ނަޖުދު އާދަމް ހިމެނެއެވެ. އޭގެ އިތުރުން އަހުމަދު ރިފްއަތާއި، މުހައްމަދު އަމީލާއި، އަހުމަދު ޝިފާއު އާއި، މުހައްމަދު މަދީން ވެސް ހިމެނެއެވެ.
މިއީ މަރިޔަމް ޝަހުޒާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓް ކުރީ ވެސް އޭނާއެވެ. މި ފިލްމަކީ ގްރީން އާޓްސް ގެ ފުރަތަމަ ފިލްމެވެ.