އަމީނީމަަގުގައި އިންދާފައިވާ ގަސްތައް ސަރުކާރުން ކަނޑަމުންދާތީ މާލޭސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މޭޔަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލެެ ފެހިކުރުމަށްޓަކައި މާލޭގައި ގަސްއިންދުމުގެ މަސައްކަތް ސިޓީކައުންސިލުން ދަނީ ކުރަމުން ކަމަށެވެ. އެހެންނަމަވެެސް ސަރުކާރުގެ ކިބައިން ފެނިގެންދަނީ ގަސްތައް ކަނޑައި ހުސްކުރަމުންދާ ތަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން،" ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ. މޭޔަރު ވިދާޅުވެފައިވަނީ އަމީނީ މަގުގެ ދެފަރާތުގައި ހައްދާފައިވާ ގަސްތައް ސަރުކާރުން ގެންދަވަނޫ އެއްކޮށް ނަންގަވަމުން ކަމަށެވެ. އެކަން އެގޮތަށް ކުރައްވަނީ މާލޭ ސިޓީކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށް ވެސް ވިދާުވެފައިވެއެވެ. "އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް،" މޭޔަރު ވިދާޅުވެފައިވެއެވެ.

އަމީނީމަގު ހެދުމަށްކުރަމުންދާ މަސައްކަތުގެ ތެރެއިން މީގެކުރިން ވެސް ސަރުކާރުުން ވަނީ ގަސްތައް ކަނޑައިިފައެވެ. އެފަހަރު ވެެސް ޑރ. މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މޭޔަރު އެފަހަރު ވިދޅުވީ ގަސްތައް ނުކަނޑައިވެސް މަގުހެދުމުގެ މަސައްކަތް ކުރެވޭނޭ ކަމަށެވެ. ގަސްތައް ކެނޑުމަކީ ރާއްޖޭގެ ތިމަށްވެށްޓަށް މަސައްކަތްުރާ ފަރާތްތަކުން ވެސް ނުހަނު ކަންބޮޑުވާކަމެކެވެ.