އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ދެމެދު، ސޮއިިކުރި އެއްބަސްވުމެކެވެ.

އެމްޑަބްލިޔުއެސްސީ ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު މުޙައްމަދު ޠާރިިގެވެ. (އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންޑިރެކްޓަރ ޙަސަން ޝާހެވެ.

މިއެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަކަށް، ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުގެ ފަނީ ލަފައާއި އިރުޝާދުގެ ދަށުން މައިގަނޑު ތިންކަމެއް ކުރުމަށް އެމްޑަބްލިޔުއެސްސީއަށް ވަނީ ހަވާލުކޮށްފައެވެ.

އެތިން ކަމަކީ:

  • އަލިއަލިރަސްގެފާނުގެ ޒިޔާރަތް ސާފުކޮށް ބެލެހެއްޓުން
  • އަލިރަސްގެފާނުގެ ޒިޔާރަތުގައި ކެމެރާ ހަރުކުރުމާއި ފާރުތަކުގައާއި ގޭޓުގައި ކުލައާއި ދަވާދުލައި އެޒިޔާރަތުގެ ދިދަދަނޑި މަރާމާތު ކުރުމާއި ދިއްލޭގޮތް ހެދުން.
  • އަލިރަސްގެފާނުގެ ޒިޔާރަތުގައި އާންމުންނަށް ފެންނާނޭހެން މައުލޫމާތު ބޯޑު ހަރުކުރުން.