ރާއްޖޭގެ 3 އަތޮޅެއް ހިމެނޭ ގޮތަށް މޫސުމާ ބެހޭ އޮފީހުން ހުދުސަމާލު ނެރެފިިއެވެ.

ހުދުސަމާލު ނެރެފައިވަނީ ކ. އ. އަދި ވ އަތޮޅަށެވެ. އަދި ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ.

މޫސުމާބެހޭ އޮފީހުން، މިސަރަހައްދުތަކަށް ހުދު ސަމާލު ނެރުނީ ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން، ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.