މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި މިއަދު މެންދުރު 12:00 އާ ހަމައަށް 1097 މީހަކު ވޯޓުލައިފިއެވެ. އެއީ މާލޭގައި ހުރި ފޮށްޓާއި އެ ދާއިރާގެ ރަށްރަށުގައިހުރި ފޮށިތަކަށް މިހާތަނަށް ލައިފައިވާ ޖުމްލަ އަދަދެވެ.
ވޯޓުލައިފައިވަނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލައަކީ 3423 އެވެ. މިހާތަނަށް ވޯޓުލައިފައިވަނީ މިއަދަދުގެ 32.5 ޕަސެންޓެވެ.
މި އިންތިޚާބުގައި އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީީން ކެންޑިޑޭޓުން ބައިވެރި ކޮށްފައިވެއެވެ. މިދާއިރާގެ ބައި-އިލެެކްޝަން ބާއްވަން ޖެހުނީ އެދާއިރާގެެ ކުރީގެ މެމްބަރު ރިޒާ އަވަހާރަވެ ގޮނޑި ހުސްވުމުންނެވެ.
އިންތިޚާބުގެ ވޯޓުލުން ފަށައިފައިވަނީ ހެނދުނު 8:00 ގައެވެ. ހަވިރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި ޖުމްލަ 6 ފޮށި ބަހައްޓާފައިވެއެވެ.
- ގުޅީ އެއްނަމަބްރ ވޯޓުފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 615
- މާފުށީ އެއްނަމްބަރ ވޯޓުފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 731
- މާފުށީ ދެ ނަމްބަރ ވޯޓުފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 493
- ގުރައިދޫ އެއް ނަމްބަރ ވޯޓުފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 515
- ގުރައިދޭ ދެ ނަމްބަރ ވޯޓު ފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 618
- މާލެގައި ބަހައްޓާފައިވާ ފޮށި: ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަދު 451