މިއަދު ކުރިއަށް ގެންދިޔަ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެގެ ވޯޓުލުން ނިންމާލައިފިއެވެ. ކުރިން ހަމަޖެހިފައިއޮތީ ހަވޯރު 4:00 ގައި ނިންމާ ގޮތަށެވެ. އެހެންނަމަވެެސް ވިއްސާރަވެ ވާރޭވެހެން ފެށުމުން މީހުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ހަވީރު 5:00 އަށް އިލެކްޝަން ކޮމިޝަނުން ވަގުތު އިތުރުކޮށްދިނެވެ.

ވަގުތު އިތުރު ކުރުމުން އެކަން އެގޮތަށްކުރީ ޕީޕީއެމާ މަޝްވަރާ ނުކޮށް ކަމަށްބުނެ އެޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ވަގުތުއިތުރުކުރި ކުރުން ބަލައި ނުގަނެވޭނޭ ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. ޕީއެމުން އެހެން ބުނުމުން މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ވަގުތު އިތުރުކުރީ އެމްޑީޕީއިން ނޫންކަމަށެވެ. އެކަން ކުރީ އިލެކްޝަން ކޮމިޝަނުން ކަމަށާއި އެކަން އެގޮތަށް ކުރީ ރައްޔިތުންގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަވީރު 5:00 އާ ހަމައަށް ޖުމްލަ 2755 މީހަކު ވަނީ ވޯޓު ލައިފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިިފައިވާ މީހުންގެ 80.48 ޕަސެންޓެވެ. ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. ގުނަން ފަށާގަޑި މަރުކަޒުތަކުން އިއުލާން ކުރާނެއެވެ.

މި އިންތިޚާބުގައި އެމްޑީޕީ، ޕީޕީއެމް، އެމްއެންޕީ އިން ވަނީ ބައިވެރިވެފައެވެ.