އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެގޮތުން މާލެގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަނަކީ:

  • މާލެ- މާފަންނު ސްޓޭޑިއަމްގައި
  • މާލެ- އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު
  • މާލެ- މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މާބްލް ސަރަޙައްދު
  • ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް
  • ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަޙައްދު)
  • ވިލިމާލެ- ފުޓްބޯޅަ ދަނޑު

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެ ކަމަށްވެސް އެމިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ޢީދުނަމާދަށް ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުއަމާއި، އަމިއްލަ މުޞައްލައެއް ގެނައުމާއި، އަދި އަމިއްލަ ފެންފުޅިއެއް ގެނައުމުގެ އިތުރުން، ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.