ޗައިނާއާއި ނައިޖީރިއާއާ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރުމުން ނައިޖީރިއާގެ އިގްތިސާދަށް ގެއްލުން ލިބިފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ނައިޖީރިއާގެ ފައިސާ ނައިރާއަށް ޕްރެޝަރު ކުޑަކުރުމަށާއި އެގައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރު ކުރުމަށް ޗައިނާއާ އެކު ނައިޖީރިއާއިން ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރިއެވެ. ނަމަވެސް މިއަދު ނަތީޖާއަކީ މާޔޫސްވާފަދަ ނަތީޖާއެއްކަމަށް ނައިޖީރިއާގެ އިގްތިސާދީމާހިރުން ވިދާޅުވެއެވެ.
އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ތަންފީޒު ކުރުމުގައި ހުރަސްއެޅިފައިވާ މުހިންމު މައްސަލައަކީ ދެ ގައުމުގެ ވިޔަފާރީގެ ހަމަހަމަކަން ނެތުމެވެ.
ޗައިނާއާއި ނައިޖީރިއާއިން ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހެދީ މީގެ ފަސް އަހަރު ކުރިންނެވެ. އެއީ، ސެންޓްރަލް ބޭންކް އޮފް ނައިޖީރިއާ (ސީބީއެން) އާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) ގެ އެހީތެރިކަމާއެކު ދެ ގައުމުގެ ދެމެދު ފައިސާ ބަދަލުކުރުމަށް ހެދި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ އަސާސީ މަގްސަދުތަކަކީ ނައިޖީރިއާ ފައިސާ ނައިރާއަށް ޕްރެޝަރު ކުޑަކުރުމެވެ. ނަމަވެސް، 2018 ވަނަ އަހަރު އެ އިންތިޒާމް ފެށުނު ފަހުން އެގައުމުގެ ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފަ އެވެ.
އޭރު ނައިރާގެ އަގު އުޅުނީ ޑޮލަރަކަށް 305 ނައިރާއެވެ. މިއަދު ނައިރާ ހުރީ ޑޮލަރަކަށް460 ނައިރާއެވެ.
އެކްސްޗޭންޖް ރޭޓް ވަނީ 2018 ވަނަ އަހަރު ޗައިނާގެ އެއް ޔުއޭންއަށް 48 ގައި އޮތުމަށްފަހު، 2023ގައި ޔުއޭންއަކަށް 66.70 ޔުއޭންއަށް މަތިވެފައެވެ.
ޗައިނާއާއެކު މިފަދަ އިންތިޒާމުތަކެއް ގާއިމް ކުރަން ބައެއް ގައުމުތަކުން މަސައްކަތް ކާމިޔާބުވިއަސް ނައިޖީރިއާގެ ފައިސާ ބަދަލުކުރުން ކާމިޔާބު ނުވީ ކީއްވެގެންކަން ތަޖުރިބާކާރުން ދަނީ ތަހުލީލު ކުރަމުންނެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ފާހަގަކުރާ ގޮތުގައި ނައިޖީރިއާގެ އިގްތިސާދާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމުގެ މިސްރާބު ބިނާވެފައިވަނީ އިންތިހާބީ ރައީސް ބޮލާ ޓިނޫބޯ ގެ ސަރުކާރުން އިގްތިސާދީ އިސްލާހުތަކެއް ހިންގުމުގެ މައްޗަށެވެ.