އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރުން ބުނާ ގޮތުގައި އަރަބި އަދި އިސްލާމީ އެއްވެސް ގައުމަކަށް ބުރާސްފަތި ދުވަހު އިރު އޮއްސޭއިރު ހަނދެއް ނުފެންނާނެއެވެ. އެހެންވެ، ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ، 22 ވާ ހޮނިހިރު ދުވަސް ކަމަށެވެ.

ސައޫދީ އަރަބިއްޔާގެ ފަލަކީ އިލްމުވެރިން ވަނީ އެވާހަކައަށް ރައްދު ދެއްވާފައެވެ. އެ ބޭފުޅުން ވިދާޅުވަނީ، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސޭފަހުން، 24 ސިކުންތަށް، ހަނދު ފެންނަން ހުންނާނެ ކަމަށެވެ. އެހެންވެ، ހުކުރު ދުވަސް ވެގެންދާނީ ފިތުރު އީދު ދުވަހަށެވެ.

އެބޭފުޅުން އިތުރަށް ވިދާޅުވަނީ، އެއްވެސް ފަރާތަކަށް ކަނޑައެޅިގެން ރަމަޟާން މަހަކީ، 29 ދުވަސް މަހެއްކަން ނޫނީ 30 ދުވަސް މަހެއްކަން އަދި ކަނޑައެއް ނޭޅެނެއެވެ. އެކަމާ މެދު ކަނޑައެޅިގެން ގޮތެއް ނިންމޭނީ މަރަޟާން މަހުގެ 29 ވަނަ ދުވަހުގެ ހަނދު ބެލުމަށްފަހު ގައެވެ.