އެމެރިކާގެ އެކުވެރި ޓައިވާނަށް ޗައިނާއިން އަރައިގަތުމަށް އެމެރިކާގެ ރައީސް ރައީސް ޖޯ ބައިޑަން ހިތްވަރު ދެއްވާ ކަމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން މައިކަލް މެކޯލް ވިދާޅުވެއެވެ. އޭނާ ވަނީ އެމެރިކާ ދަނީ ފަސް ޖެހެމުން ކަމަށާއި ޓައިވާނަށް ދޭން ބުނި ހަތިޔާރު އެމެރިކާ ސަރުކާރުން ޓައިވާނަށް ފޯރުވައި ނުދޭ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ބައިޑަން ސަރުކާރު ހޭލައިގެން އެ ހަތިޔާރުތައް ޓައިވާނަށް ދޭން ފަށާނެ ކަމަށް،" ރިޕަބްލިކަން ޕާޓީގެ މެމްބަރު މައިކަލް މެކޯލް ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ޗައިނާއާއި ޓައިވާންގެ ހާލަތު ސިފަ ކުރައްވަމުން، މެކޯލް ވަނީ 2022 ވަނަ އަހަރު ޔޫކްރޭންގައި ރަޝިޔާއިން ހިންގި އަސްކަރީ އޮޕަރޭޝަނަށް އަޅާނުލައި ތިބުމާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރު ރުއްސުމަށް ކުރި މަސައްކަތާ ބައިޑެން ސަރުކާރުގެ އަޅާ ނުލުމާ އެއްވަރު ކުރައްވާފައެވެ.
ޗައިނާއިން ޓައވާން ހިސާރަ ކުރުމުގެ ސަބަބުން އެމެރިކާއާއި ދުނިޔޭގެ އިގްތިސާދަށް ގެއްލުންތަކެއް ފޯރާނެ ކަމަށް ލަފާކުރައްވަމުން އޭނާ އިންޒާރު ކުރެއްވީ، އެމެރިކާގެ 90 ޕަސެންޓް ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ޓައިވާންގެ ސެމީކޮންޑަކްޓަރ ޗިޕް ހޯދުމަށް ޓައިވާނަށް ބަރޯސާވެފައިވާ އިރު އެފަދަ ކަމެއް ވެގެންދާނީ އެމެރިކާގެ އިގްތިސާދަށް ގެއްލުންދެނި ކަމެއްކަމަށެވެ. އަދި ޗައިނާއާ އަޅާނުލައި ދޫކޮށްލައިފިނަމަ މުޅި ދުނިޔޭގައި ވެރިކަންކުރާ އިގްތިސާދީ އަދި އަސްކަރީ ބާރަކަށް ޗައިނާ ވާނެކަމަށް މެކޯލް ވިދާޅުވެއެވެ.