ޕާކިސްތާންގެ ވެރިކަން ކުރާ މުސްލިމް ލީގު ނަވާޒް އާއި އިދިކޮޅު ޕާކިސްތާން ތަހްރީކް-އި-އިންސާފް (ޕީޓީއައި) އިން ސުލްހައިގެ ވާހަކަ ފަށަން ތައްޔާރު ވެއްޖެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އަރައިރުންވާން ތިބުމަށްފަހު، ވެރިކަން ކުރާ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ޕާޓީން ވަނީ ދެ މެމެމްބަރުންގެ ޓީމެއް ކަނޑައަޅާފައެވެ. އަދި އިމްރާން ޚާންގެ ޕީޓިއައި އިން ވަނީ 3 މެމްބަރުންގެ ޓީމެއް ކަނޑައަޅާފައެވެ.

ދެ ފަރާޓުންވެސް މަޝްވަރާތައް ބާއްވަނީ ޖަމާއަތޭ އިސްލާމީ ޕާޓީގެ ބެލުމުގެ ދަށުން، ޕާލަމެންޓްގައެވެ. އިމްރާން ޕާޓީން ބުނެފައި ވަނީ އެ ޕާޓީން ބޭނުން ވަނީ ޕާލަމެންޓްގެ އިދިކޮޅު ލީޑަރުގެ މަގާމު އަނބުރައި ލިބުމަށެވެ. ދެ ފަރާތުގެ ސުލްހައަށް މަގުފަހިކޮށްދެއްވީ ޖަމާއަތޭ އިސްލާމީގެ އަމީރު ސިރާޖުލް ހައްގު އެވެ. އޭނާ ވަނީ ހޮނިހިރު ދުވަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޕީޓީއައިގެ ވެރިޔާ އިމްރާން ޚާންއާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ.