މ. ނިއުޕްލާޒާ ބިންޑިންގ ގައި މިއަދު އަލިފާން ރޯވެއްޖެއެވެ. އެހެންނަމަވެސް އެ އަލިފާން އެމްއެންޑީއެފް ފަޔަރ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ ނިއްވާލައިފައެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދުގެ 17:26 އެހައިކަންހާއިރު ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ. އެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. އެތަނަށް ގޮސް ބެލި ބެލުމުން އަލިފާން ރޯވެފައި ވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރި ކުނިތަކެއްގައި ކަން އެނގުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަަސައްކަތުން ކުނިތަކުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ހަވީރު 17:38 އެހައިކްންހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެއީ މީހުން ދިރިނޫޅޭ ފަޅު އިމާރާތެއް ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.