ފޮޓޯއެއް ދައްކައިގެން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ މެމްބަރަކު ހޮވިފައިވާނަމަ އެ ދެއްކި ފޮޓޯއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފޮޓޯ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔޮތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން ހޮވިފައިވަނީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށް ބައެއް ފަރާތްތަކުން އަޑުފަތުރަމުން ގެންދަނިކޮށްނެވެ.

"2019 ގައި އެމްޑީޕީ މެމްބަރުން ހޮވުނީ އެއްވެސް ފޮޓޯއެއް ޖަހައިގެން އެއްވެސް މެމްބަރަކު ހޮވުނު ކަމަށްވަންޏާ ހޮވުނީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފޮޓޯޖަހައިގެން މިހާރު މިއޮތީ ސާބިތުވެފައި،" އޭނާ ވިދާޅުވެފައިވެއެވެ. ޝަރީފް މިހެން ވިދާޅުވީ ރައީސް ނަޝީދު އިދިކޮޅަށް ހުންނަވަނިކޮށް އެމަނިކުފާނާ ނުލައި އެމްޑީޕީން ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަކޮށް އެ ގޮނޑު ކާމިޔާބު ކުރުމުންނެވެ.

ޝަރީފް ވިދާޅުވީ އޭނާ މަޖިލީހަށް ހޮވިފައިވަނީ އެއްވެސް ބޭފުޅެއްގެ ފޮޓޯ ދައްކައިގެންނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އަންހެނުން ފަރީދާއި ކޮއްކޮމެން ރައީސް ނަޝީދަށް ވޯޓު ދިން ކަމަށް ޝަރީފް ވިދާޅުވިއެވެ.