މާލެ އަތޮޅު ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުންފުންޏަކީ މިއަދު ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ޕްލޭނިންް މިނިސްޓްރީގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކުރެއްވީ 36،123،485.49 ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 120 ދުވަހެވެ. މި ގޮތަށް މުއްދަތު ކަނޑައަޅާފައި ދޭ މުއްދަތުގައި މިފަދަ މަޝްރޫއުތައް ގިނަފަހަރަށް އޮންނަނީ ނުމިފައެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ އިރުމަތީ ފަރާތު ގިރާ ސަރަޙައްދު ހިމާޔަތްކުރެވިގެންދާނެއެވެ.

މި މަޝްރޫއުދަށުން:

  • 70 މީޓަރުގެ 6(ހައެއް) ބޮޑުހިލައިގެ ބްރޭކްވޯޓަރ
  • 50 މީޓަރުގެ ދެ ބޮޑުހިލައިގެ ވައި-ގްރޮއިން
  • 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކުރުން
  • ގޮނޑުދޮށް ވެލިން މުއްސަނދިކުރުން

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް: މި މަޝްރޫޢުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.