ފިޠުރު ޢީދުގެ މުނާސަބަތާ ގުޅިގެން ހެޕީ މާކެޓްގެ ހުރިހާ ފިހާރަތަކާއި އޮފީސް ބަންދުވާނެ ކަމަށް ހެޕީމާކެޓުން ބުނެފިއެވެ.
މިއަދު ނެރުނު އިޢުލާނެއްގައި ހެޕީމާކެޓުން ބުނެފައިވަނީ ފިޠުރުޢީދުގެ މުނާސަބަތާ ގުޅިގެން 21 އޭޕްރީލް 2023 ވާ ހުކުރު ދުވަހާއި 22 އޭޕްރީލް 2023 ވާ ހޮނިހިރު ދުވަހު، ހެޕީމާކެޓުގެ އޮފީހާއި ފިހާރަތައް ބަންދުވާނެ ކަމަށެވެ.
އަދި ދެން އޮފީހާއި ފިހާރަތައް ހުޅުވާނީ 23 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހު ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.