ޕާކިސްތާންގައި މަސައްކަތް ކުރި ޗައިނާ މީހަކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން ހައްޔަރުކޮށް 14 ދުވަހަށް ބަންދުކޮށްފިއެވެ.

އެ މީހާއަކީ އަޕަރ ކޯހިސްތާން އޭރިއާގައި ޗައިނާއިން ބިނާ ކުރާ ހައިޑްރޯޕަވަރ ޑެމް އުފެއްދުމުގެ މަސައްކަތުގައި އުޅޭ ސުޕަރވައިޒަރެކެވެ.

ތަރާވީޙު ނަމާދަށް ގޮސް މީހުން ލަހުން އަންނާތީ އެކަމާ ޕާކިސްތާނު މީހުންނާ ދެމެދު ހިނގި ދެބަސްވުމެއްގައި ޗައިނާ މީހާ ވަނީ އިސްލާމް ދީނަށް ބަދުބަސް ބުނެފައެވެ.

ހަވަރު އެއްވެގެން އޭނާ ހޯދަން އުޅުމުގެ ތެރޭގައި ސިފައިން ވަނީ ހެލިކޮޕްޓަރެއްގައި އޭނާ އެބޮޓްއާބާދަށް ގެންގޮސްފައެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާންގައި މަރުގެ ސަޒާ އިއްވާފަދަ ކުށެކެވެ.