ޔޫއޭއީއާއި ޤަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނޫސް އެޖެންސީތަކުން ބުނާ ގޮތުގައި މިހާރު މަޝްވަރާ ކުރެވެމުން ދަނީ ދެގައުމުގެ އެމްބަސީތައް ހުޅުވައި އެމްބެސެޑަރުން ފޮނުވުމާ ގުޅޭ ގޮތުންނެވެ.
ސައޫދީ އީރާންގެ ސުލްޙައިގެ މަސައްކަތަށް ފަހު މެދުއިރު މަތީގައި އިސްލާމީ ގައުމުތަކުގެ މެދުގައި ސުލްހަ ވމުގެ އޮއިވަރެއް ފެށިފައި ވެއެވެ.
ބަހުރައިންއާއި ޤަތަރުން ވަނީ އިއްޔެ ގުޅުން ގާއިމް ކޮށްފައެވެ.
ތުރުކީއާއި މިސްރުން ވަނީ ގުޅުން ރަގަޅު ކޮށްފައެވެ.
ސޫރިޔާ އަރަބި ލީގުގައި އަލުން ބައިވެރިކޮށްފައި ވެއެވެ.
ސައޫދީން ވަނީ ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސާއި ޙަމާސްގެ ލީޑަރުން ސައޫދީގައި އެއްތަން ކޮށްދީފައެވެ.
ޔަމަންގެ އަހުލީ ހަނގުރާމަ ނިންމަން ސައޫދީން ފަށާފައިވާ މަސައްކަތުގައި ހޫސީންނާއި ޔަމަން ސަރުކާރުން ވަނީ އަސީރުްނ ބަދަލުކޮށްފައެވެ.
އީރާންގެ ރައީސް ވަނީ ސައޫދީ ސަލްމާން ރަސްގެފާނަށް ތެހެރާނަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.