ސ. ހުޅުމީދޫގައި ތަރައްގީ ކުރަމުންދާ މިފްކޯ ބަނދަރުގެ (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުން ގެންދާ އެމްޓީސީސީން ބުނެފިިއެވެ.

އެމްޓީސީސީމް ބުނީ އޭގެ އިތުރުން އައު ހާބްރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 76 ޕަސެންޓުވެސް މިހާރުވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ. އަދި، އައު ހާބަރ ޗެނަލް ފުންކުރުމުގެ މަސައްކަތުގެ 86 ޕަސެންޓު ވެސް މިހާރުވަނީ ފުރިހަމަކުރެވިފައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ އެންކަރ ޕައިލް ހަރުކުރުމާއި އޭގެ ކޮންކްރީޓް މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.