ޗައިނާއިން ދުނިޔޭގައި ސިއްރު ފުލުހުންގެ މަރުކަޒުތައް ހިންގާ ކަމށް ތހުމަތު ކުރެވެއެވެ. އެމެރިކާއިން ވަނީ ނިއުޔޯކުގައި ހަދާފައިވާ މަރުކަޒަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައެވެ.

ޗައިނާއިން ދުނިޔޭގެ އެކި ގައުމުތަކުގައި ސިއްރު ފުލުހުންގެ ދިހަވަރަކަށް އައުޓްޕޯސްޓް ހިންގަމުންދާ ކަމަށް ބެލެވެއެވެ. މި ވާހަކަ އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް ގެނެސްދިނީ މިދިޔަ އަހަރު ސްޕެއިންގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތެއް ކަމަށްވާ ސޭފްގާޑް ޑިފެންޑަރސް އިންނެވެ.

އެ ޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ސިއްރު "ފުލުހުންގެ މަރުކަޒުތަކުން" ޗައިނާގެ ރައްޔިތުންނަށް އަންގަނީ، އެމީހުންނަށް ތުހުމަތު ކުރެވޭ ޖިނާއީ ދައުވާތައް އުފުލުމަށް އެނބުރި ގައުމަށް ދިއުމަށެވެ. އަދި އެތަންތނުން ރައްޔިތުން ގައުމަށް ދިއުމަށް ޕްރެޝަރު ކުރާކަމަށްވެސް ބުނެއެވެ.

ކެނެޑާ އާއި ޔޫރަޕްގެ ބައެއް ސަރުކާރުތަކުން ވަނީ މިފަދަ ނުރަސްމީ "ފުލުސް ސްޓޭޝަންތައް" ހިންގައިގެން ފިޔަވަޅު އަޅާފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ ތަހުގީގުގައި ބުނެފައި ވަނީ އެމެރިކާއިން ޗައިނާ ސަރުކާރުގެ 48 މުވައްޒަފަކާ ސުއާލު ކުރަން ބޭނުންވާ ކަމަށެވެ. އަދި އެމރިކާއން ބުނާ ގޮތުގައި އެގައުމުން ހިންގާ ތަހުގީގަކީ ފުޅާދާއިރާއެއްގައި ހިންގާ އެފަދަ ފުރަތަމަ ތަހުގީގު ކަމަށެވެ.