އެމެރިކާ ސިފައިން ސޫރިޔާއިން ފޭބިއަސް ކުރުދީން ޙިމާޔަތްކުރާނެކަމުގައި ޓްރަމްޕް ވިދާޅުވެއްޖެ

0

ނަސްރުﷲ މުސްޠަފާ

ކަޅުދިދައިގެ އަވައިގައި އެތައްބަޔަކުވަނީ ސޫރިޔާއަށްގޮސް ހަލާކުވެގޮސްފައެވެ. އެތާގައި އޮތީ ޖިހާދެއްކަމަށް ހިތާ އެތަނަށް ގޮސްއެފިތުނައިގައި ބައިވެރިވެފައެވެ. އަދި ކަޅުދިދަތައް އުފުލއިގެން އުޅޭ އެތައް ބައިވަރު ޖަމާޢަތްތަކެއްގެ ތެރެއިން އެންމެ ފައިދާވާ ޖަމާޢަތާއި ގުޅި ބައެއް ފަހަރަށް ހަލާކުވެގެން ގޮސްފައެވެ. އަނެއްބައިފަހަރު ފިތުނައިގެ މައިދާނުގައި މަރުއައިސް ނުޖެހޭތީ ބަނދެވިފައެވެ. ޤައުމަށްވެސް އަންނާނެ ފަދައެއް ނެތިފައެވެ.

Advertisement

ސަޢޫދީން ސޫރިޔާ ޢިމާރަތްކޮށްދެނެކަމަށް ބުނުމުން އެކަމަށް ސޫރިޔާގެ ރައްޔިތުން ދަނީ އުފާ ފާޅުކުރަމުންނެވެ. އެތަނުގެ ރައްޔިތުންގެ ތެރެއިން ތުރުކީވިލާތުގެ އެހީ ނުލިބި އެމީހުންގެ ނުރައްކަލާ ކުރިމަތިލައިގެން އުޅެން ޖެހިފައިވަނީ ސޫރިޔާގެ ކުރުދީންނެވެ. އެމީހުންނަށް އެހީތެރިވަނީ ސަޢޫދީން އެކަންޏޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

މިހެންވެ އެމެރިކާގެ ރައީސް ޓްރަމްޕްވަނީ ސޫރިޔާއިން އެމެރިކާގެ ސިފައިން ފޭބިނަމަވެސް ކުރުދީން ޙިމާޔަތްކުރާނެކަމަށް ބުނެފައެވެ. މިއީ މިސުންނީ ޖަމާޢަތަށް ލިބުނު ހިތްވަރެއްކަން ކަށަވަރެވެ. އަދި އެމީހުންގެ ނާއުއްމީދުތަކަށް ލިބުނު އަލިކަމެއްކަން ޔަޤީނެވެ. އެހެންނަމަވެސް މިއުފާވެރިކަމުގެ ޚަބަރާއެކީގައި ކުރުދީން އިރާނަށް ތެޔޮވިއްކާކަމުގެ ތުހުމަތުވެސް ޓްރަމްޕްވަނީ ކޮށްފައެވެ. އޭގެ އިތުރު ތަފްޞީލެއް ދެއްވުމަކާއި ނުލައި މިހެން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިރާނަށް ފިއްތުންތަކެއް ކުރިމަތި ކުރުވަމުން ދާތީކަމަށްވުމަކީވެސް އެކަށީގެންވާކަމެކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here