ފެނަކަ އާއިލީ 8 ވަނަ ޤުރުއާން މުބާރާތް 1444 ނިމި، މުބާރާތުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އެކަޑެމިކް އެފެއާޒް ދާއިރާގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ސަޢުދުﷲ އަލީއެވެ.

2019 ވަނަ އަހަރު ރަމަޟާން މަހު ރާއްޖޭގެ 04 ސަރަހައްދެއްގައި މުބާރާތް ބޭއްވިގެން ދިޔަ، ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ދެ އަހަރުގެ މެދު ކެޑުމަކަށްފަހު އަލުން މި މުބާރާތް 2022 ވަނަ އަހަރު ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ.

އެގޮތުން މި އަހަރު މި ބޭއްވުނު މުބާރާތަކީ 08 ވަނަ ގުރުއާން މުބާރާތުގެ އިތުރުން އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގައެވެ. އަދި މި މުބާރާތަކީ ފެނަކައިގެ މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.

މި މުބާރާތުގައި އުމުރުފުރާތަކުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ އަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުންވެސް ހަވާލް ކޮށްފައިވާކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޅި މުބާރާތުން 1 ވަނަ އަށް 15000ރ، މުޅި މުބާރާތުން 02 ވަނަ އަށް 10000ރ އަދި މުޅި މުބާރާތުން 03 ވަނައަށް 5000ރ ދީފައިވެއެވެ.

މި މުބާރާތުގެ ފަހުރުވެރި ވަނަތައް ހާސިލްކުރި ބައިވެރިންނަކީ:

  • 01 ވަނަ- އިލްޔާސައު މުހައްމަދު ޝަހީމް/ ސައިދު މަންޒިލް/ ގއ.މާމެންދޫ
  • 02 ވަނަ- ހާސިލްކޮށްފައިވަނީ އަމީން ފަޒީލް/ ރިވަރެސް/ ހދ.މަކުނުދޫ
  • 03 ވަނަ- ހާސިލްކޮށްފައިވަނީ އާމިނަތު އީޝަލް ބިންތު އުޝާން/ މއ.ރިހިރާޅު/ ކ.މާލެ އެވެ.

މިމަހު 17ގައި ފެށި މި މުބާރާތުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާއަށް ނިސްބަތްވާ 78 ދަރިވަރުން ކިޔަވައިފައިވެއެވެ.

މި މުބާރާތަކީ 2019 ވަނަ އަހަރު އެމްޑީ ސައީދު ކުންފުންޏާ ހަވާލުވެ ވަޑައިގަތުމަށްފަހުއެމްޑީގެ އެދުމަކަށް އެމްޑީގެ އިސްނެންގުވުމާއެކު ކޮންމެ ރަމަޟާން މަހެއްގައި ކުންފުނީގެ ރިކްރިއޭޝަން ކުލަބް އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.

-