ބުރަ، ބިޒީ ޝެޑިއުލްއެއްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަގުތު ސަލާމަތް ކުރުމަށް އަދި ހަމައެހެންމެ މީރުރަހަ، ފަސޭހަކޮށް ތައްޔާރުކޮށްލެވޭ، އެކިކަހަލަ ފަރާޓާގެ ބާވަތްތައް ފަސޭހައިން އެއްތަނަކުން ލިބެން އެބަހުއްޓެވެ. ފުށްގަނޑު މޮޑޭކަށް ނުޖެހޭނެއެވެ. ކަމީރާއި ބިސް އަޅައިގެން އިރުތަކެއް ވަންދެން އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. ހަމައެކަނި ތަވާއަށް ހޫނުވުމުން ފިހެލައިގެން ކާންވީއެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި މެލޭޝިޔާގެ މަތީ ފެންވަރުގެ ފަރާޓާ، ޗަޕާތީ، ޕޫރީ އަދި ލުއި ކާނާގެ އެކި ބާވަތްތައް އެއްތަނަކުން ހެޔޮ އަގެއްގައި ހޯދަން ބޭނުން ފަރާތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވާނެކަން ޔަގީނެވެ.

ހެޕީމާކެޓުން "ޓިޝާ ރޯޓީ" ލިބެންހުރި ވައްތަރުތަކާއި އަގުތައް

  • ޓިޝާގެ ރޯޓީ ފަރާޓާ އޮރިޖިނަލް (5x24x375ގ) -/645 ރުފިޔާ
  • ޓިޝާގެ ރޯޓީ ފަރާޓާ އޮރިޖިނަލް ޖަމްބޯ (20x8x1500ގ) -/840 ރުފިޔާ
  • ޓިޝާގެ ރޯޓީ ފަރާޓާ އޮރިޖިނަލް ކަރީ (6x24x650ގ) -/1،190 ރުފިޔާ
  • ޓިޝާގެ ރޯޓީ ފަރާޓާ ވިތު ގާލިކް (5x24x375ގ) -/730 ރުފިޔާ
  • ޓިޝާގެ ރޯޓީ ފަރާޓާ ލޯ ކާބް (6x20x390ގ) -/975 ރުފިޔާ
  • ޓިޝާގެ ރޯޓީ ޕޫރީ (8x18x520ގ) -/595 ރުފިޔާ
  • ޓިޝާގެ ވެޖިޓަބަލް ސްޕްރިންގް ރޯލްސް (36x240ގ) -/1،305 ރުފިޔާ
  • ޓިޝާގެ ވެޖިޓަބަލް ސަމޯސާ (36x250ގ) -/1،360 ރުފިޔާ

ގްރޭޓަރ މާލެ ރީޖަންގައި ހުންނަ ހެޕީމާކެޓުގެ ހުރިހާ އައުޓްލެޓްތަކުން، މަތީގައި ބަޔާންކޮށްފައި އެވާ ވައްތަރުތައް ލިބެން ހުންނާނެއެވެ. ހުރިހާ އަގުތަކަކީ ޖީއެސްޓީ ހިމެނޭ އަގުތަކެއް ކަމަށް ހެޕީމާކެޓުން ބުނެފައިވެއެވެ.