ރިވޮލިއުޝަން ކަޕް – ޓީމުތައް ސެމީ ފައިނަލަށް

0
ރިވޮލިއުޝަން ކަޕުގެ މެޗެއް ކުރިއަށްދަނީ

ލ. ގަމުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް “ރިވޮލިއުޝަން ކަޕް” ގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. މި މުބާރާތަކީ ރާއްޖޭގައި ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ފެނިގެންދާ މުބާރާތެކެވެ.

ރިވޮލިއުޝަން ކަޕަކީ ލ. ގަމު ތުނޑީ އަވަށުގެ ޒުވާނުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ގަމާއި ފޮނަދޫ ސަރަހައްދުގެ އިތުރުން އަތޮޅު ރައްތަކުން، ޖުމްލަ 16 ޓީމު ވަނީ ބައިވެރިވެފައެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި ގްރޫޕްއޭގެ އެއްވަނަ ޓީމް އައުޓްރީފް ވަނީ ގްރޫބް ބީގެ ދެވަނަ ޓީމް ޝަބްނަމީ ކަނެކްޓް އާ ވާދަކޮށް 5 – 2 އަކުން މެޗު ކާމިޔާބުކޮށް ސެމީފައިނަލަށް ދަތުރުކޮށްފައެވެ. މެޗުގެ ފުރަތަމަ ދެ ގޯލް ޝަބްނަމީ ކަނެކްޓުން ޖަހާފައިވަނިކޮށް އައުޓްރީފް ވަނީ ފަހަތުން އަރައި މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

Advertisements

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ގްރޫޕް އޭ ގެ ދެވަނަޓީމް އެފް.ސީ ބަލަމާ އާއި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ޑިޓީރިއޮސް ޗިކަން ޑިނަރ ބައްދަލުކުރިމެޗު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ކުން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 3 – 2 ން މެޗު ކާމިޔާބުކޮށް ސެމީފައިންލްގެ 2 ވަނަ ޖާގަ ހޯދީ އެފް.ސީ ބަލަމާއެވެ.

ކުއާޓާފައިނަލް 3 ވަނަ މެޗުގައި ގްރޫޕް ޑީ ގެ ދެވަނަ ޓީމް ކަންމަތި ސްޕޯޓްސް އާއި ގްރޫޕް ސީގެ އެއްވަނަ ޓީމް ފޮއެމަތި ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރީ ކަންމަތި އެސް.ސީ އެވެ.

ކުއާޓާ ފައިނަލްގެ ފަހުމެޗުގައި ގްރޫޕް ޑީގެ އެއްވަނަ ޓީމް ވައި.އާރު.ސީ އާއި ގްރޫޕް ސީ ގެ ދެވަނަ ޓީމް ކުލަމަޖާ ބައްދަލުކުރި ފޯރިގަދަމެޗު، މެޗުގެ ފަހު ވަގުތުގައި ޖެހި ހަމައެކަނިގޯލާއެކު މެޗު ކާމިޔާބުކުރީ ވައި.އާރުސީ އިންނެވެ. މި ގޯލު ވައި.އާރު.ސީ އަށް ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅުކުޅުމެއްދައްކަމުން އަންނަ އަދި އެ މެޗުގެ މޭން އޮފްދަމެޗް ވެސް ހޯދި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

މުބާރާތުގެ ސެމީފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 20:30 ގައި ބައްދަލުކުރާނީ އައުޓްރީފް އެސް.ސީ އާއި ކަންމަތި އެސް.ސީ އެވެ. އަދި ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލުކުރާނީ ވައި.އާރު.ސީ އާއި އެފް.ސީ ބަލަމާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ.

ރިވޮލިއުޝަންކަޕު ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް 3 އަހަރުގެ މެދު ކެނޑުމަކަށްފަހު، ރިވޮލިއުޝަން ކަޕް މިއަހަރު ފަށާފައިވާއިރު، މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ، މުބާރާތުގައި ބައިވަރެވުމަށް ޓީމުތަކުން ވަރަށް ބޮޑު ތަރުހީބަކާ، އެހީތެރިކަމެއް ލިބޭކަމަށާއި، މުބާރާތް އިންތިޒާމްކުރުމުގައި އެންމެ ބޮޑަށް އުނދަގޫވާކަމަކީ ރަގަނޅު ފެންވަރަކަށް ހެދިފައިވާ ދަނޑެއް ނެތުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއްގައި މުބާރާތް ބާއްވޭނެ ކަމުގެ އުންމީދު ކުރާ ކަމަށާއި، އެކިފަރާތްތަކާ އެކު އަކަމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

Advertisements