ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އާޓް ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ކުރި ޓުވީޓެއްގައި ޔޫތު މިނިސްޓަރު މަހުލޫފް ބުނީ މި ފެސްޓިވަލަކީ "ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023″ ގެ ނަމުގައި ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

އަންނަ މަހުގެ 8-13 އަށް މާލޭގެ ސޯޝަލް ސެންޓަރުގައި މި އިވެންޓް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހުށަހެޅުނު ކެޓަގަރީތަކާ ބައިވެރިވުމަށް ބޭނުން ކުރި ފޯމުތަކުގެ ތެރެއިން ފޯމެއް

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ޔޫތު މިނިސްޓަރީ ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި "ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023″ގައި 7 ގައުމެއްގެ އާޓީސްޓުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި ތިބި ހުނަރުވެރި ކުދިންނަށާއި ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރު ދުނިޔެއަށް ދައްކާލުމުގެ ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.