ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލަށް ބޮޑު ތަރުޙީބެއް ލިބިއްޖެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މި ސްޓޯލަކީ 1444 ވަނަ އަހަރުގެ ފިޠުރު އީދުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފުން ތައްޔާރުކުރި ސްޓޯލެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވިގޮތުގައި އިއްޔެ ހަވީރު 16:00 އިން 18:00 އަށް އާޓިފިޝަލް ބީޗުގައި ބޭއްވި މި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފުން ތައްޔާރު ކުރި ސްޓޯލްގައި ހިމެނެނީ ވޯލްކްލައިންބިންގގެ ހަރަކާތްތަކެވެ.

އަދި މި ހަވީރަށް ޒިޔާރަތްކުރި ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހަރަކާތް ރާވާ ހިންގުމުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ މެރީންސް ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.